މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އިންފިނިޓް ޕޯޓަލް މެދުވެރިކޮށް ހިއްސާ ގަތުމުގެ ފުރުސަތު މިއަދުން (28 ޖުލައި 2019) އިން ފެށިގެން ހުޅުވާލައިފިއެވެ.
އެމްއައިބީ މުޅި ޖުމްލަ 244 މިލިއަން ރުފިޔާގެ ހިއްސާ އާންމުންނަށް ވިއްކުމަށް ވަނީ ހުށަހަޅައިފައެވެ.
މި ހިއްސާގެ ތެރޭގައި ހިމެނެނީ މޯލްޑިވްސް އިސްލާމިކް ބޭންކުގެ 4.5 މިލިއަން ހިއްސާ ( 157 މިލިއަން ރުފިޔާގެ ހިއްސާ)، އިސްލާމިކް ކޯޕަރޭޝަން އޮފް ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓަރ ގެ 2.4 މިލިއަން ހިއްސާ (87 މިލިއަން ރުފިޔާގެ ހިއްސާ) އަދި ޖުމްލަ އާއްމު ހިއްސާގެ ގޮތުން 6،975،000 (ހަ މިލިޔަން ނުވަލައްކަ ހަތްދިހަ ފަސް ހާސް) ހިއްސާއެވެ.
މިއީ ބޭންކުގެ ޖުމްލަ ހިއްސާގެ 31 އިންސައްތައެވެ.
ހިއްސާއެއް 35 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ ގަނެވެނީ 700 ރުފިޔާގެ 20 ހިއްސައެވެ.
އިތުރުކުރަން ބޭނުން ނަމަ އިތުރުކުރެވޭނީ ފަހަރަކު 10 ހިއްސާގެ ރޭޓުންނެވެ.
ބީއެމްއެލް ބްރާންޗު ތަކުންނާއި އޮންލައިން ބޭންކިން، ދިރާގު ޕޭ އަދި އުރީދޫ އެމް ފައިސާ މެދުވެރިކޮށް ހިއްސާގަނެވޭނެއެވެ.
ހިއްސާ ވިއްކުމަށް ހަމޖެހިފައިވަނީ 28 ޖުލައި އިން ފެށިގެން ސެޕްޓެމްބަރު 31 އާ ހިސާބަށެވެ.