އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރަން ވަނަތައް ހޯދައިގެން އަންނަ ރާއްޖޭގެ ޓީމުތަކަށް މަރުހަބާ ކިއުމަށް ކުދިބޮޑު އެންމެން މާދަމާ، ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުންއެދި ޔޫތު މިނސްޓަރ އަހްމަދު މަހުލޫފް ދައުވަތު އަރުވައިފިއެވެ.
އެ ކަމަށް ދައުވަތު އަރުވައި ސްޕޯޓްސް މިނިސްޓަރ ކުރެއްވި ޓޫވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ކުދިބޮޑު އެންމެން، އެ ޓީމުތަކަށް މަރުހަބާ ކިއުމަށް މާދަމާ ހަވީރު 4:00 އަށް ފެއްސާއި ހުދާއި ރަތުގެ ހެދުމެއްގައި ޖުމްހޫރީ މައިދާނަށް ވަޑައިގެންދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގެ ތާރީހުގައި ލިޔެވިގެންދާ ފަދަ ބޮޑެތި ކާމިޔާބީތަކެއް، މިފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ރާއްޖޭގެ ޓީމުތައް ވަނީ ހޯދައިފައެވެ.
މިއީ ރާއްޖޭގެ ކޮންމެ ރައްޔިތެއްވެސް ފަހުރުވެރިވާނެ ކާމިޔާބީއެކެވެ.