މިނިވަންދުވަހުގެ މުނާސަބަތާއި ގުޅިގެން ރޭ ބޭއްވި ފަންނާނުންގެ މިއުޒީކީ އީދުގެ ފުރަތަމަ ޝޯއަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
ރޭ އެޝޯ ބެލުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ކާނިވާ ސަރަހައްދަށް ޖަމާވެފައެވެ.
މިރޭވެސް ކާނިވާ ސްޓޭޖުގައި ދިވެހި ފަންނާނުންގެ މިއުޒިކީ އީދުގެ ޝޯ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިއީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އިން އިންތިޒާމުކޮށްގެން ބާއްވާ އިވެންޓެކެވެ.
ސަގާފީ އަދި ޒަމާނީ މިއުޒިކީ ފަންނާނުންނާއެކު "ދިވެހި ފަންނާނުންގެ މިއުޒިކީ އީދު" އަލުން ފަށާފައި މިވަނީ ގިނަ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހުގައެވެ.
މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފަންނާނުންގެ މިއުޒިކީ އީދު ބޭއްވުމަށް ހަމަޖެހިފައިވަނީ ރޭގެ އިތުރުން މިރޭ 8:30 އިން 12:00 އަށް ކާނިވާ ސްޓޭޖްގައެވެ.
މި ޝޯގައި ރާއްޖޭގެ މަޝްހޫރު އެތައް މިއުޒިކް ބޭންޑަކާއި އާރޓިސްޓުންނެއް އައިޓަމް ހުށަހަޅަމުން ގެންދެއެވެ.
ރާއްޖޭގެ 54 ވަނަ މިނިވަން ދުވަސް ފާހަގަ ކުރަމުންދާއިރު ރޭ މާލޭގައި ވަނީ ފުޅަދު ބުރުވެސް ބާއްވައި ޕެރޭޑް ފަދަ ހަރަކާތްތައްވެސް ކުރިއަށްގެންގޮސްފައެވެ.
މީގެ އިތުރުންވެސް ހެވިކަމާއި ކުޅިވަރު ހިމެނޭ މިނޫންވެސް ގިނަ ހަރަކާތްތަކެއް މިއަހަރުގެ މިނިވަން ދުވަހާއި ގުޅިގެން އަންނަނީ ކުރިއަށްގެންދަމުންނެވެ.