މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ފުޅަނދުބުރުގެ ފުޅަނދުތައް އަލުން ދައްކާލުން އޮންނާނީ އެކުވެނި ވެލިދަނޑުގައި ކަމަށް ހޯމް މިނިސްޓްރީ އިން ބުނެފިއެވެ.
މިނިސްޓްރީ އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ މިނިވަން ދުވަހަށް ތައްޔާރުކުރި ފުޅަނދުތައް އާއްމުކޮށް ދައްކާލުމާއި ފޮޓޯ ނެގުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި މިކަން ކުރިއަށްދާނީ އެކުވެނި ވެލިދަނޑު (ބައިބަލާ ކުޅުނު އޭރިއާ) ގައި ކަމަށެވެ.
ފުޅަނދުތައް އާއްމުކޮށް ދައްކާލަން ހަމަޖެހިފައިވަނީ މިއަދު ހަވީރާއި ރޭގަނޑެވެ.
މިއަދު އަލުން ދައްކާލަން ހަމަޖެހިފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން މާލޭ ސިޓީގެ މަގުތަކުގައި ރޭ ބޭއްވި ފުޅަނދުބުރުތަކެވެ.
މި ހަރަކާތް ފެށިގެންގޮސްފައިވަނީ ރޭގެ 8:00 ގައެވެ.