ޚަބަރު

މަރަދޫ ފޭދޫ ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފި

އާނިފާ ހުސެއިން ސިރާޖް

ސ.މަރަދުފޭދޫގެ ވީބީ ފިހާރަ ކުރިމަތިން ލިންކް ރޯޑުގައި އެކްސިޑެންޓެއް ހިނގައިފިއެވެ.

މިއަދު އިރުއޮއްސި 6:30 އެހާކަންހާއިރު، ދުއްވާފައިދިޔަ ކާރެއްގެ ފަކަރުން އައި ސައިކަލެއް ގޮސް ކާރުގެ ކަނާތްފަތާރުަގއި ޖެހިގެންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް ދެ ވެހިކަލަށް ކޮންމެސް ވަރަކަށް ގެއްލުންވެފައިވާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި ކާރު ދުއްވަން އިނީ ލައިސެންސް އޮތް 44 އަހަރުގެ ފިރިހެނެކެވެ.

ސައިކަލް ދުއްވަން އިނީ 28 އަހަރުގެ އަންހެނެއް ކަމަށާއި އޭނަގެ އަތުގައިވެސް ލައިސެންސް އޮތްކަމަށް ފުލުހުން ބުންޏެވެ.