ފުޅަނދު ބުރުގެ ހަރަކާތްތަކުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ޝުކުރުއަދާކުރައްވައިފިއެވެ.
ހޯމް މިނިސަޓްރީ އިން ކުރެއްވި ޓުވީޓެއްގައި މިނިވަން ދުވަހަށް ފުޅަނދުތައް ތައްޔާރުކޮށްދެއްވި ކުންފުނިތަކަށާއި، އައިޓަމްތައް ތައްޔާރުކޮށްދެއްވި ސްކޫލްތައް އަދި އެމްއެންޑީއެފްއަށް ހޯމް މިނިސްޓަރ ޝުކުރުއަދާކުރައްވާފައިވެއެވެ.
ފުޅނދުބުރުގެ ހަރަކާތުގައި ގިނަ އަދަދެއްގެ ސަރުކާރުގެ ކުންފުނިތަކުން ބައިވެރިވެފައިވެއެވެ.
މި ނޫނަސް މިނިވަން ދުވަހުގެ ހަރަކާތްތަކުގައި އެހީތެރިކަން ދެއްވި ހުރިހާ ފަރާތްތަކެއް ފާހަގަކުރައްވައި މިނިސްޓަރ ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މިއީ ރައްޖޭގެ 54 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރެކެވެ.
މި ހަރަކާތް ފެށިގެންގޮސްފައިވަނީ މިރޭގެ 8:00 ގައެވެ.
މިއަހަރުގެ ފުޅަނދުބުރު ނެރެފައި މިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.
ފުޅަނދުބުރުގެ ހަރަކާތްތައް ބަލައިލުމަށް ކުދިބޮޑު އެތައް ބައެއް މާލޭގެ މަގުތަކަށް ނިކުމެފައިވެއެވެ.