ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިހުގެ އަންހެން ސިންގަލްސް ފައިނަލަށް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ އަލީ ދަތުރުކޮށްފިއެވެ.
އައިއޯއައިޖީ ގެ ޓޭބަލް ޓެނިސް ސިންގަލްސް އިވެންޓުން ރާއްޖޭގެ ރަފާ އަދި ދީމާ ފައިނަލަށް ދަތުރުކުރުމުން 15 މެޑަލް ރާއްޖެއަށް ޔަގީންވެއްޖެ އެވެ.
މިފަހަރުގެ ގޭމްސްއަށް ރާއްޖެއިން ކުރިމަތިލީ 15 މެޑަލް ހޯދުމަށް އަޒުމު ކަނޑައަޅައިގެންނެވެ.
މިހާތަނަށް ރާއްޖެއިން ވަނީ 4 ރަން މެޑަލް ޔަގީންކޮށްފަ އެވެ.
ރަފާ އާއި ދީމާ ވަނީ ރަންމެޑެލް ވެސް ހޯދައިފައެވެ.
އެގޮތުން ޑަބަލްސް އިވެންޓުގެ ފައިނަލުން ރަފާ އާއި ދީމާގެ ޕެއާ ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގައި މޮރިޝަސްގެ ޕެއާ އަތުން މޮޅުވެގެންނެވެ.
މިއީ އަނެއްކާވެސް ދިވެހިންގެ ޓޭބަލް ޓެނިސް ޓީމަށް ލިބިގެންދިޔަ ވަރަށްބޮޑު ކާމިޔާބީއެކެވެ.