ޚަބަރު

ނަދީމް މަރައިލި މައްސަލައިގައި ކުޑަކުއްޖާގެ މައްޗަށް ކުރި ދައުވާ ބާތިލުކޮށްފި

ހއ. ތަކަންދޫ އިބްރާހީމީ ހިޔާ، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލައިގައި ކުޑަ ކުއްޖާގެ މައްޗަށް ކުރި ދައުވާ ޖުވެނައިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

އެ ދައުވާ ބާތިލުކުރީ މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުލް ބާރީ ޔޫސުފް އެވެ.

އެ ކުއްޖާގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.