މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ފަންނާނުންގެ މިއުޒިކީ އީދު މިރެ އާއި މާދަމާރޭ ބޭއްވުމަށް މިނިސްޓްރީ އޮފް އާރޓްސް، ކަލްޗާ އެންޑް ހެރިޓޭޖް އިން ހަމަޖައްސައިފިއެވެ.
މި މިއުޒިކީ އީދު ބޭއްވުމަށް ހަމަޖެހިފައިވަނީ މިރެއާއި މާދެމާރޭގެ 8:30 އިން 12:00 އަށް ކާނިވާ ސްޓޭޖްގައެވެ.
މިނިސްޓްރީން ވަނީ މި ޝޯވގައި ބައިވެރިވާ އާރޓިސްޓުންނާއި ބޭންޑުތަކުގެ ނަންތައް ހާމަކޮށްފައެވެ.
އޭގެ ތެރޭގައި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބިދަބިން، ސިމްބޮކް ރިކޯރޑްސް އަދިވެސް ބައިވަރު ބޭންޑުތަކާއި އާރޓިސްޓުން ހިމެނެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ތަފާތު ހަރަކާތްތައްދަނީ ކުރިއަށް ގެންދަމުންނެވެ.