140 އަހަރަަށްވުރެ ގިނަދުވަސްވެފައިވާ ޑައިނަސޯއެއްގެ ކަށިގަނޑު ފެނިއްޖެއެވެ.
މި ކަށިގަނޑުގައި 6 ފޫޓު ހުއްޓެވެ.
މިއީ ފަތުގެ ބާވަތްތައް ކައިއުޅޭ ޒާތުގެ ޑައިނަސޯއެކެވެ. އެހެންކަމުން މި ކަށިގަނޑު ނިސްބަތް ވަނީ ސައުރަޕޮޑް ކިޔާ ޑައިނަސޯގެ އާއިލާއަށް ކަމަށް މިކަމާ ބެހޭ ދިރާސާކުރާ ސައިންސްވެރިން ބުނެފައިވެއެވެ.
މިއީ މިހާތަނަށް ދުނިޔޭގައި އުޅެފައިވާ އެންމެ ބިޔަ ޖަނަވާރު ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.
މި ކަށިގަނޑު ފެނިފައިވަނީ ސައުތް ވެސްޓާރން ފްރާންސްގެ ސަރަަހައްދަކުންނެވެ.
ސައިންސްވެރިނަ ވަނީ 2010 ވަނަ އަހަރުވެސް މިފަދަ އެހެން ކަށިގަނޑެއް ހޯދައިފައެވެ.
ސައިންސްވެރިން ބުނާގޮތުގައި ޑައިނަސޯރ ނުވަތަ ސާރަކީ އިންސާނުން މި ބިންމަތީގައި ދިރިއުޅެން ފެށުމުގެ ކުރިން ބިންމަތީގައި އުޅުނު ބިޔަ ޖަނަވާރެކެވެ. އަދި މި ޖަނަވާރުތައް ފަނާވެ ދިޔައީ ދުނިއަށް ވެއްޓުނު ބޮޑެތި ގިނަހިލަ ނުވަތަ އެސްޓެރޮއިޑްތަކެއްގެ ސަބަބުން ކަމަށްވެސް ސައިންސްވެރިން ބުނެއެވެ.