އައިއޯއައިޖީގެ ރާއްޖޭގެ ޓީމުގެ ބަތަލުންނާއި ބަތަލާއިންނަށް މަރުހަބާ ކިއުމަށް ތައްޔާރުވުމަށް ޔޫތް މިނިސްޓަރ އަހުމަދް މަހްލޫފް ގޮވާލައްވައިފި އެވެ.
މިނިސްޓަރ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖޭގެ ބަތަލުންނާއި ބަތަލާއިންގެ އިސްތިގުބާލުގައި މަރުހަބާ ކިއުމަށް މުޅި ރާއްޖެ ތައްޔާރު ވުމަށާއި އެންމެންގެ ތަރުހީބާއި ލޯބި ރާއްޖޭގެ ޓީމަށް ދެއްކުމަށާއި ހުރިހާ ރައްޔިތުންވެސް އެ ދުވަހު ފެނުމަށް އުންމީދުކުރައްވާ ކަމުގައެވެ.
އެ ޓީމު ރާއްޖެ އައިސް މާލެ ފޭބުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވަނަ ދުވަހު ޖުމްހޫރީ މައިދާނަށެވެ.
ރާއްޖޭގެ ޓީމުތައް ވަނީ އައިއޯއައިޖީގައި، ރާއްޖޭގެ ތާރީހުގައި ލިޔެވިދާ ފަދަ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ.
އެގޮތުން އައިއޯއައިޖީގެ ބެޑްމިންޓަން އަންހެން ސިންގަލްސް އިވެންޓުން ރާއްޖޭގެ އާމިނަތު ނަބީހާ ވަނީ ރަން މެޑެލް ހޯދައިފައެވެ.