ޚަބަރު

މިރޭ ފުޅަނދުބުރު ބާއްވާ މަގުތަކަށް ބަދަލު ގެނެސްފި

އާނިފާ ހުސެއިން ސިރާޖް

ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ފުޅަނދުބުރު ބާއްވާ މަގުތަކަށް ބަދަލު ގެނަސްފިއެވެ.

މިކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ފުޅަނދުބުރު ބޭއްވުމަށް ހަމަޖެހިފައިވާ މަގުތަކަށް ކުޑަ ބަދަލެއް އަައިސްފައި ވާ ކަމަށާއި ފުޅަނދުބުރު ފެށިގެންދާނީ މިރޭގެ 8:00 ގައި ކަމަށެވެ.

މީގެ އިތުރުންވެސް މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަފާތު އެތައް ހަރަކާތްތަކެއް ވަނީ ބައްވައިފައެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޝަރަފުގެ ހިނގާލުން މިއަދު ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ހިނގާލުން ފެށޭނީ މިއަދުގެ ހަވީރު 4:30 ގައެވެ.