ހެންވޭރު ގެއެއްގައި ޒުވާނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ވަންއޮންލައިންއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ދަންވަރު 1:00 ހާއިރު ހެންވޭރު ގެއެއްގައި، ގޮތް ނޭނގޭ ގޮތަކަށް މަރުވެފައި އޮތް މީހަކު ވަނީ އައިޖީއެމްއެެޗު ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެ މީހާ މަރުވީ ކީއްވެގެންކަން އައިޖީއެމްއެޗުން ސާފުކޮށެއް ނުދެއެވެ.
ރ. އިނގުރައިދޫއަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އެ ޒުވާނާގެ މަރު ފޯމުގައި އޭނާ މަރުވި ސަބަބު ނޭނގޭ ކަމަށް ވަނީ ލިޔެފައެވެ.
މަރުވި ޒުވާނާއަކީ ނަފްސާނީ ބައްޔަކަށް ފަރުވާ ކުރަމުން އައި ފަރާތެއް ކަމަށާއި، އަދި އޭނާ ކައުންސިލިން ނަގާފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ޒުވާނާގެ މަރުގެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ، ރޭ އައިޖީއެމްއެޗަށް ގެންދިޔަ އުމުރުން 23 އަަހަރުގެ ފިރިހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު 1:12ހާއިރު، ފުލުހުންނަށް ލިބިފައިވާ ކަމަށާއި، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ
މިކަމާބެހޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއްވައެވެ.