ޚަބަރު

އައިއޯއައިޖީ ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބުމުން މަރުޒޫގުގެ ތައުރީފު ސަރުކާރަށް

ފަތޯނާ ފާއިޒު

1

އެގާރަ ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ބޭއްވުމުގެ ފުރުސަތު ރާއްޖެއަށް ލިބިގެންދިޔައީ، އެކަން ކާމިޔާބު ކުރުމަށް ސަރުކާރުން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެެނެރަލް އަހުމަދު މަރުޒޫގު ވިދާޅުވެއްޖެއެވެ.

އައިއޯއައިޖީ ހޯސްޓު ކުރުމުގެ ފުރުސަތު ރާއްޖެއަށް ލިބުމާ ގުޅިގެން، މީޑިއާތަކަށް މައުލޫމޫތު ދެއްވަމުން މަރުޒޫގު ވިދާޅުވީ، އެ މުބާރާތް ރާއްޖޭގައި ބާއްވަން މަސައްކަތް ކުރަން އެދި ސަރުކާރަށް އެކަން ހުށަހެޅުމުން، އެކަން ކުރާނަމޭ ބުނެ ސަރުކާރުން އެކަން އެހިސާބުން ނިންމާނުލައްވާ ކަމަށެވެ.

"މިކަމަށް އިންޓްރެސްޓް ޝޯ ކުރި ހިސާބުން، އަޅުގަނޑުމެން އެކަމާ އުޅޭނަމޭ ބުނެ ދޫކޮށްލީއެއް ނޫން. އެކަން ކާމިޔާބު ކުރުމަށް މިވީ ދޮޅުމަސްތެރޭގައި ވަރަަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވި" މަރުޒޫގު ވިދާޅުވިއެވެ.

މަރުޒޫގު ވިދާޅުވީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ހޯސްޓު ކުރުމުން، ހަމައެކަނި ތަރައްގީ ވެގެންދާނީ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ އެކަނި ނޫން ކަމަށާއި، އެއީ ރާއްޖޭގެ ކުޅިވަރު މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއް ކަމަށެވެ.

އައިއޯއައިޖީ އެންމެ ފުރަތަމަ ބާއްވާފައިވަނީ 1979 ވަނަ އަހަރުގައެވެ.

މިހާތަނަށް އައިއޯއައިޖީގެ 10 މުބާރާތް ބާއްވާފައިވާއިރު، އެއިން ކޮންމެ މުބާރާތެއްގައިވެސް ރާއްޖެ ވަނީ ބައިވެރިވެފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟