ގދ. ތިނަދޫ ޒުވާނަކު ހާލު ބޮޑުވެގެން، އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެެނެސްފިއެވެ.
ހެލިކޮޕްޓަރުގައި މާލެ ގެނެސްފައިވަނީ، ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ، އުމުރުން ސައްބީސް އަހަރުގެ ޒުވާނެއް ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ވަންއޮންލައިންއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ، އެ ޒުވާނާ މާލެ ގެނެސްފައިވަނީ މިއަދު ހެނދުނު ދިހަގަޑި ފަނަރައިގައި ކަމަށެވެ.
ގދ. ގައްދޫއަށް އުފަން މި ޒުވާނާ ވަނީ އިއްޔެ ހަވީރު ގާތްގަނޑަކަށް 16:00 ހާއިރު 57.7 މީޓަރު ފުނަށް 51 މިނެޓް ވަންދެން ޑައިވްކޮށްފައެވެ.
މި ޒުވާނާ ޑައިވްކުރިތާ ބައިގަޑިއިރު ފަހުން ވާތު ކޮނޑުގައި ކުއްލިއަކަށް ރިއްސަން ފަށައި، ގައިގެ ހަކަތަ ދަށްވެ، އުނަގަނޑުން ތިރި ވާގި ދޫވާގޮތް މެދުވެރިވެގެން ގދ.ގައްދޫ ސިއްހީ މަރުކަޒުން ވަނީ ފަރުވާ ހޯދަިފައެވެ.
އަދި އިތުރު ފަރުވާއަށް އިއްޔެ ވަނީ ގދ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.
މާލެ ގެނެވުނު މިޒުވާނާ މިހާރު ވަނީ އެމްއެންޑީއެފް މާލެ އޭރިއާގެ އެހީތެރިކަމާއެކު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދެވިފައެވެ.