ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އެތައް ދުވަހެއްވަންދެން ކުރަމުން ދިޔަ އުންމީދެއް ހަގީގަތަކަށް ވެއްޖެ: ސޯލިހު

ޝަހީދާ އަބްދުﷲ ސައީދު

1

އެތަކެއް ދުވަހެއް ވަންދެން ކުރައްވަމުން ގެންދެވި އުންމީދެއް ހަގީގަތަކަށް ވެގެން ހިނގައްޖެ ކަމަށް އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެވަޑައިގަތުމުގެ އުފާ މިއަދު ވަރަށް ބޮޑަށް އިހުސާސް ކުރައްވާކަން ހާމަކުރައްވައި ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ހުންނަވައިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއު އެއްގައި އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ 2018 ގައިވެސް އެފަދަ އުފާވެރި އިހުސާސްތަކެއް ކުރެވިގެން ދިޔަ ކަމަށެވެ. އަދި މިއަދަކީ ވެސް އެފަދަ އުފާވެރިކަމެއް ލިބިގެންދިޔަ ދުވަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގައި ޚިޔާލުފާޅު ކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަން ލިބިގެންދާނެ ކަމަށެވެ. މިއަދު މެންދުރު ފަަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟