ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި ދުބާއީގެ ބްރިޖް ހަލީފާގައި ދިވެހި ދިދަ ޑިސްޕްލޭކޮށްފި އެވެ.
ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބާގައި ބްރިޖް ހަލީފާ ރާއްޖޭގެ ދިދައިން ދިއްލާލާފައިވަނީ މިރެއެވެ.
ދުބާއީއިން އެކި ގައުމުތަކުގެ މިނިވަން ދުވަހުގެ އިތުރުން އެހެނިހެންވެސް އިތުރު ހާލަތްތަކުގައި ބްރިޖް ހަލީފާ އެކި ގައުމުތަކުގެ ދިދައިން ދިއްލައިލައެވެ. ބްރިޖް ހަލީފާ އަކީ ދުނިޔޭގައި ހުންނަ އެންމެ އުސް އިމާރާތެވެ.
ރާއްޖެއިން މިއަދު ފާހަގަކުރަމުން އަންނަނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ.