ޝެއިޚް އަލީ ޒައިދު

މިނިވަންކަމަކީ ބާތިލު އެއްޗިހީގެ އަޅުވެތިކަމުން ނުކުމެ ﷲ ތަޢާލާގެ އަޅުވެތިކަމަށް ދިޔުން: ޒައިދު

މިނިވަންކަމަކީ ބާތިލު އެހެން ހުރިހާ އެއްޗެއްގެ އަޅުވެތިކަމުން ނުކުމެ، ﷲ ތައާލާގެ އަޅުވެތިކަމަށް ދިއުން ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 54 އަހަރު ފުރުމާ ގުޅިގެން ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަޅުވެތިކަމަކީ މީސްތަކުންނާއި ބާތިލު އެކިއެކި އެއްޗިހީގެ އަޅުވެތިކަމުން ނުކުމެ ﷲ ތަޢާލާގެ އަޅުވެތިކަމަށް ދިއުން ކަމަށެވެ. އަދި އެހެން މީސްތަކުންނަށް އަޅުވެތިވުމުގައިވަނީ ނިކަމެތިކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ޓުވީޓުގައި ވިދާޅުވީ ހެއްދެވި ފަރާތަށް އަޅުވެތިވުމުގައި ވަނީ އިއްޒަތްތެރިކަން ކަމަށާއި މި ދެ އަޅުވެތިކަމުގައި ފަރަގު ވަރަށް ބޮޑު ކަމަށް ޒައިދު ވިދާޅުވިއެވެ.