މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އަދި އަނބިކަނބަލުން ފަޒްނާ އަހުމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ފައްޓަވައިފިއެވެ.
މި ރަސްމިއްޔާތު ކުރިއަށް ދަނީ ދަރުބާރުގޭގައެވެ. މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންގެ ދައުވަތަކަށް ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ދައުލަތުގެ އިސްވެރިންގެ އިތުރުން، ސަރުކާރުގެ އެކި މުވައްޒަފުންނާއި ރާއްޖެއަށް އެކި ގައުމުތަކުން ކަނޑައަޅާފައިވާ ސަފީރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވެއެވެ. އެގޮތުން މިހާރު ކުރިއަށްދަނީ ރައީސް ސީލިހުގެ ދެކަނބަލުން މި ބޭފުޅުންނާ ބައްދަލުކުރައްވައި ދުވަހުގެ ތަހުނިޔާ އަރިސްކުރުމެވެ.
މިއަހަރު ރާއްޖެއިން ފާހަގަކުރާނީ ރާއްޖޭގެ 54 ވަނަ މިނިވަން ދުވަހެވެ. ރާއްޖެ އިނގިރޭސިވިލާތުގެ ހިމާޔަތުން މިނިވަންކަން ހޯދާފައިވަނީ 26 ޖުލައި 1965 ގައެވެ. އެގޮތުން ޖުލައި 26، 27 އަދި 28 ގައި މިނިވަން ދުވަސް ފާހަގަކުރުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.