ޚަބަރު

ދެފަހަރެއްގެ މަތިން ޕޯސްޓުން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގަނެފި

މަރިޔަމް ޝަހުދާ

ތަފާތު ދެފަހަރެއްގެ މަތިން ޕޯސްޓުން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

މިކަމާ ގުޅިގެން ކަސްޓަމްސް އިން މައުލޫމާތު ދިން ގޮތުގައި އަތުލައިގަނެފައިވަނީ އިނގިރޭސި ވިލާތުން އެތެރެކުރަން އުޅުނު 66 ގްރާމްގެ ހިއްކާފައިވާ ކެނަބިސް ފަތުގެ އިތުރުން ސްވިޓްޒަރލޭންޑުން އެތެރެކުރަން އުޅުނު 10 ގްރާމް އެމްޑީއެމް އެވެ.

މި ދެ ބާވަތުގެ މަސްތުވާ ތަކެތިވެސް އަތުލައިގަނެފައިވަނީ ޕޯސްޓުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އިއްޔެގެ ވަގުތެއްގައެވެ.

ޖުމްލަކޮށް މި ތަކެތީގެ ބަރުދަނުގައި 76 ގްރާމް ހުންނާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އިތުރު ތަހުގީގަށް މިހާރު މި މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސް އިން މައުލޫމަތު ދެއެވެ.