ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް އިންޒާރުތައް ލިބެމުންދާ ކަމަށާއި، އެގޮތުން ފަސް މެމްބަރަކަށް ލިބުނު އިންޒާރުތަކަކާ ގުޅިގެން ސެކިއުރިޓީ އަށް އެދިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އަމީން އާއްމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ، މެންބަރުންނަށް އަންނަ އިންޒާރު ތަކުގައި މަޖިލީހުން އަމަލު ކުރާ ގޮތަކީ އެ މެންބަރުންގެ ސެކިއުރިޓީއަށް އެމްއެންޑީއެފްގައި އެދުން ކަމަށެވެ.
އެގޮތުން ފަސް މެމްބަރަކަށް އިންޒާރު ދީފައިވާ މައްސަލައިގައި އެ މެމްބަރުންގެ ސެކިއުރިޓީއަށް އެމްއެންޑީއެފްގައި އެދިފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.
ނިއުޝާގެ ގެ ވާހަކާގައި އިންޒާރު ދިނުމާގުޅިގެން ސެކިއުރިޓީ ހަމަޖައްސަން އެދުނީ ކޮން މެންބަރުންނަށްކަމެއް ވިދާޅެއް ނުވެއެވެ.