ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތާ ގުޅިގެން ބައެއް ދުމަތްތައް މެދުކެނޑިއްޖެއެވެ.
ދިރާގުން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، އިތުރަށް ފުރިހަމަ ކުރުމުގެ ގޮތުން ދިރާގުގެ ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.
ދިރާގުން ބުނީ މި އަޕްގްރޭޑް މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ، އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތެއް ކަމުން މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދިމާވާ ދަތިތަކަކީ، މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިމާވާ ދަތިތަކެއް ކަމަށެވެ.
އެގޮތުން ތިރީގައި މިވާ ބައެއް ސަޕޯޓް ހިދުމަތްތަށް ލިބުމުގައި ދަތިތަކެއް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމުގައިވެސް ދިރާގުން ބުނެފައިވެއެވެ.
o ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ޚިދުމަތްތައް
o މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
o ދިރާގު ވެބްސައިޓްގައިވާ "މައި އެކައުންޓް" އަދި ދިރާގު މޮބައިލް އެޕް
o މަމެން މޯބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗަރ)
o ދިރާގު ކަސްޓަމަރ ސާރވިސް ސެންޓަރ ތައް އަދި ދިރާގު ޕާރޓްނާޝޮޕް ތަކުން އައު މޮބައިލް ޚިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
o މޮބައިލް ނަންބަރ ޕޯރޓަބިލިޓީ
ނަމަވެސް ކަސްޓަމަރުންނަށް ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލްގެ ހިދުމަތްތައް ބޭނުން ކުރެވެނޭއެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މި މަސައްކަތް ކުރިއަށް ގެންދާ ވަގުތު ތަކުގައި ބައެއް ހިދުމަތްތަށް ކަސްޓަމަރުންނަށް ބޭނުން ކުރުމުގައި ތަދިތަކަކާއި ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ މައި ހިދުމަތްތަކަށް ވީހާވެސް ބުރޫ ނާރާނެ ގޮތަކަށް މަސައްކަތް ރާވާ ކުރިއަށް ގެންދިޔުން ކަމުގައި ދިރާގުން ބުނެފައި ވެއެވެ.
.
މި މަސައްކަތް ކުރިއަށްގެންދާ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް ދިރާގުން ވަނީ ނިހާޔަތައް މާފަށް އެދިފައެވެ. އަދި ދިރާގުގެ އިންޖިނިއަރުންނާއި ޓެކްނިކަލް ޓީމުތަކުން ދަނީ ކަސްޓަމަރުންނަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.