ޚަބަރު

ޓްރެއިނިންގައި އުޅުނު ފުލުހަކު ނިޔާވެއްޖެ

ފަތޯނާ ފާއިޒު

ފުލުހުންގެ ޓްރެއިނިންގައި އުޅުނު ޒުވާނަކު މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެއެވެ.

"ވަންއޮންލައިން" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، މިހާދިސާގައި ނިޔާވީ، ޅ. ނައިފަރު އުމުރުން 20 އަހަރުގެ އަބުދުލް ބާސިތު ކަމަށެވެ.

އެ ޒުވާނާ މިއަދު ނިޔާވީ، ދ.ވާނީގައި ކުރިއަށްދާ 31 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިިނިންގ ކޯހުގެ ތެރެއިން ފެތުމުގެ ސެޝަނެއްގައި ހިނގި ހާދިސާއެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އަދި އެހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުގެ ހާއްސަ ޓީމަކުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ ވިދާޅުވެފައެވެ.