ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރު ކުރެވިފައި ނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށްޓަކައި، އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ބުނީ، ސިވިލް ކޯޓުން ކޮށްފައިވާ އަމުރާއި ގުޅިގެން ހޯދަމުންދަނީ ކ. މާލެ / މއ. ބިންމާވިލާ، އިސްމާޢީލް ވަހީދު ކަމަށެވެ. އެމީހާއަކީ އުމުރުން 49 އަހަރުގެ ފިރިހެނެކެވެ.
އިސްމާއިލް ވަހީދު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ހުކުމް ތަންފީޒުކުރުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
އެހެންކަމުން، އިސްމާއީލް ވަހީދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އެމައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ.