ޚަބަރު

މަރުހަބާ ކިއުމުގައި ޝަރުއީ މިންގަނޑު ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް: އައްޝައިޚް ޢަލީ ޒައިދު

ޝަހީދާ އަބްދުﷲ ސައީދު

ބޭފުޅަކަށް މަރުހަބާ ދެންނެވުމުގައި ވެސް ޝަރުއީ މިންގަނޑު ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އައްޝައިޚު އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އައްޝައިޚު އަލީ ޒައިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ހަފްލާތައް ބާއްވާ އިރުވެސް ޝަރުއީ މިންގަނޑަށް ރިއާޔަތްކޮށް، ﷲ ހަރާމްކުރެއްވި ކަންކަން ނުކޮށް އުފާ ފާޅުކުރުމަށް ހަނދާންކޮށްދެއްވާފައެވެ.

''ބޭފުޅަކަށް މަރުހަބާ ކިއުމުގައިވެސް ޝަރުއީ މިންގަނޑު ހިފެހެއްޓުމަކީ އޭގެ އެންމެ ރަނގަޅު ގޮތް. ހަފްލާތައް ބާއްވާއިރުވެސް ޝަރުއީ މިންގަނދަށް ރިއާޔަތްކޮށް، ﷲ ހަރާމްކުރެއްވި ކަންކަން ނުކޮށް އުފާފާޅުކުރުމަށް މިފުރުސަތުގައި ހަނދާންކޮށްލަދެން.'' ޒައިދުގެ ޓުވީޓުގައި ވެއެވެ.