ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އާއި އިންޑޮނީޝިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިއްޔެ ބައްދަލުކުރައްވައިފިއެވެ.
ފޮރިން މިނިސްޓްރީ އިން ކުރެއްވި ޓުވީޓެއްގައި ބުނެފައިވާ ގޮތުން މި ބައްދަލު ކުރެއްވުމުގައި އިގްތިސާދީ އަދި އިޖްތިމާއީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވައިފައެވެ.
ފޮރިން މިނިސްޓަރު ގެންދަވަނީ ގިނަ ގައުުތަކެއްގެ ސަފީރުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވަމުންނެވެ.