ދިވެހިރާއްޖޭގެ 54 ވަނަ ފަޚުރުވެރި މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވަމަށް ބައެއް މަގުތައް ބަންދުކުރުމަށް ހަމަޖައްސައިފިއެވެ.
މި އަހަރުގެ މިނިވަން ދުވަހުގެ ރަަސްމީ ބައްދަލުކުރެއްވުމަށް ދަރުބާރުގެ ހިމެނޭ ސަރަހައްދުގެ މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.
އެ ސަރަހައްދުން ބަންދުކުރުމަށް ހަމަޖެހިފައިވާ މަގުތަކާއި، ޕާކުކުރުން މަނާ ސަރަހައްދުތަކުގެ ފޮޓޯ ޕޮލިހުން ވަނީ އާންމުކުރައްވާފައެވެ.
މިނިވަން ދުވަހުގެ ކުޅިވަރުތަށް ބޭއްވުމަށް ގަލޮޅު ރަސްމީ ބޯޅަދަންޑު ހިމެނޭ ސަރަހައްދުގެ މަގުތައްވެސް ވަނީ ބަންދުުރުމަށް ހަމަޖައްސާފައެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުމުގެ ފަރިތަކުރުންތައް ބޭއްވުމަށް ގަލޮޅު ސްޓޭޑިއަމް ސަރަހައްދުގެ ބައެއް މަގުތައް ރެއިންފެށިގެން ބަންދުކުރުމަށްވެސް ވަނީ ހަމަޖައްސާފައެވެ.
ދިވެހިރާއްޖޭގެ 54 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން ބާއްވާން ހަމަޖެހިފައިވަނީ މިމަހު 27 ގައެވެ.
އެމުނާސަބަތާގުޅިގެން ބާއްވާ ހެވިކަމާއި ގުޅިވަރުގެ ރަސްމިއްޔާތު ޖުލައި 26 ވަނަދުވަހުގެރޭ 9:00 އިން 11:30 އަށް ކުރިއަަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ގަލޮޅު ރަސްމީ ދަނޑުގައެވެ.