އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

200 މީޓަރު ދުވުމުން ސާއިދު ލޯ މެޑެއްޔެއް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ 200 މީޓަރު ދުވުމުން ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު ލޯ މެޑެއްޔެއް ހޯދައިފިއެވެ.

އައިއޯއައިޖީގެ ފައިނަލުގައި ވާދަކޮށް، ސާއިދު ދުވުން ނިންމާފައިވަނީ ތިންވަނައަށެވެ. ސާއިދު ދުވުން ނިންމާފައިވަނީ 22.10 ސިކުންތުންނެވެ.

އެ އިވެންޓުގެ ރަން މެޑެލް ހޯދި މޮރިޝަސްގެ ބާޓޮޓިއާ ޖިނަތަން ދުވުން ފުރިހަމަކޮށްފައިވަނީ 21.78 ސިކުންތުންނެވެ. އަދި ރިހި މެޑެލް ހޯދި ސީޝެލްސްގެ ޑޮޑިން ޝަރީ ދުވުން ފުރިހަމަކޮށްފައިވަނީ 22.09 ސިކުތުންނެވެ.

އައިއޯއައިޖީ 2015ގައި ސާއިދު ވަނީ 200 މީޓަރު ދުވުމުން ރިހި މެޑެއްޔެއް ހޯދައިފައެވެ. އަދި އެ އަހަރު 100 މީޓަރު ދުވުމުން ސާއިދު ވަނީ ރަން މެޑެއްޔެއް ހޯދައިފައެވެ.