އިންޑިއަން އޯޝަން އައިލެންޑް ގޭމްސް

ޝިއުނާޒާއި އެޑަމްގެ ޕެއާ ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުގެ ލޯ މެޑެލް ހޯދައިފި

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ރާއްޖޭގެ ޝިއުނާޒް އަބްދުލް ވާހިދާއި އާދަމް ނަސީމް (އެޑަމް)ގެ ޕެއާ އިން ބީޗް ވޮލީބޯޅައިގެ އިންޑިވިޖުއަލް އިވެންޓުގެ ލޯ މެޑެލް ހޯދައިފިއެވެ.

މިއަދު ޝިއުނާޒާއި އެޑަމްގެ ޕެއާ އިން ލޯ މެޑެއްޔެއް ހޯދީ ސީޝެލްސްގެ ޕެއާ ބަލިކޮށްގެންނެވެ.

އެ މެޗު ރާއްޖޭގެ ޝިއުނާޒާއި އެޑަމްގެ ޕެއާ ވަނީ ސީދާ ދެ ސެޓުން ކާމިޔާބުކޮށްފައެވެ. އެ ސެޓުތައް ރާއްޖޭގެ ޕެއާ އިން ގެންދިޔައީ 21-15 އަދި 21-10 އިންނެވެ.

މީގެ ކުރިން ޓީމު އިވެންޓުގައި ރާއްޖޭގެ ބީޗް ވޮލީބޯޅަ ޓީމު ވަނީ ރިހި މެޑެއްޔެއް ހޯދައިފައެވެ.