ވިލާ އެއާގެ ފްލައިމީ އިން އައްޑޫޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ދަތުރުތައް ފެށުމުގެ ގޮތުން ޓިކެޓުތައް ވިއްކަން ފަށައިފި އެވެ.
ވިލާ އެއާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 15 ގައި އެ އެއާލައިން އިން އައްޑޫ އާއި ފުވައްމުލަކަށް ދަތުރު ފަށާނެ ކަމަށެވެ. އަދި އެ ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވަނީ ބުނެފައެވެ.
ދަތުރުތައް ފެށުމަށް ހަމަޖެހިފައިވާއިރު ފެއާ ދަތުރުތަކުގެ އަގު އުޅޭނީ 999 ރުފިޔާއަށް ކަމަށް ވިލާ އެއާ އިން ވަނީ ބުނެފައެވެ.