ޚަބަރު

މުއިއްޒުގެ ރައްދު ޝިފާއާއި މާރިޔާއަށް: ރިންގް ރޯޑު ހަދާފައި ވަނީ އުސްކޮށެއް ނޫން

ފަތޯނާ ފާއިޒު

މާލޭ ރިންގް ރޯޑު ހަދާފައިވަނީ އުސްކޮށް ކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީ އަދި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުޙައްމަދު ވިދާޅުވެފައިވާތީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު އެކަން ދޮގު ކުރައްވައިފިއެވެ.

ޕީޕީއެމްގެ ނައިބު ރައީސް މުއިއްޒު ވިދާޅުވީ، ރިންގް ރޯޑު ހަދާފައިވަނީ އެމަގު ކުރިން ހުރި ވަރަށް ވުރެވެސް ތިރިކޮށް ކަމަށެވެ. އެ މަގުގެ ދުވާރުގެ ލެވެލްއާއި ފާރުގައި ކުރީންސުރެ ހުރި ކުލަ ހުއްޓިފައި ހުރި ހިސާބަށް ބެލުމުންވެސް އެކަން ސާފުވާނެ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން މޭޔަރު ޝިފާ މީގެ ކުރިން ވިދާޅުވެފައިވަނީ، ރިންގް ރޯޑާއި ގުޅިފައިވާ މަގުތަކުގައި ފެންބޮޑުވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ރިންގް ރޯޑު ހެދުމުން ކަމަށެވެ.

އަދި އެމަގާ ގުޅިފައިވާ އެހެން މަގުތަކުގައި ފެންބޮޑުވަނީ ރިންގް ރޯޑު އުސްކޮށް ހަދާފައި ހުރުމުން ކަމަށްވެސް ޝިފާ ވަނީ ވިދާޅުވެފައެވެ.

މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔޔުންތަކަށް ރައްދު ދެއްވުމުގެ ގޮތުން މޭޔަރު ސިފާ މީގެ ކުރިން ވިދާޅުވެފައިވަނީ، ރިންގް ރޯޑާ ގުޅިފައިވާ މަގުތަކުގައި ފެންބޮޑުވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެއްވެސް ރޭވުންތެރިކަމެއް ނެތި ރިންގް ރޯޑު ހެދުމުން ކަމަށެވެ.

އަދި އެމަގާ ގުޅިފައިވާ އެހެން މަގުތަކުގައި ފެންބޮޑުވަނީ ރިންގް ރޯޑު އުސްކޮށް ހަދާފައި ހުރުމުން ކަމަށްވެސް ސިފާ ވަނީ ވިދާޅުވެފައެވެ.