މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދުބުރުތަކުގައި ސަރުކާރުގެ ކުންފުނިތަކުން ތައްޔާރުކުރަމުންދާ ފުޅަނދުތަކުގެ މަސައްކަތްތައް ހިނގަމުންދާގޮތް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ބައްލަވާލައްވައިފިއެވެ.
ބައެއް ކުންފުނިތަކުން ފުޅަނދުތައް ތައްޔާރުކުރާ ސަރަހައްދުތަކަށް ވަޑައިގެން، މިނިސްޓަރ ވަނީ މަސައްކަތް ހިނގަމުންދާ ގޮތުގެ މައުލޫމާތާއި، ފުޅަނދުގެ މައުލޫމާތު ހޯއްދަވައިފައެވެ. އަދި ފުޅަނދާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ތައްޔާރުވުމުގެ ކަންކަން ކުރިއަށްދާގޮތްވެސް ބައްލަވާލައްވައި މައުލޫމާތު އޮޅުންފިލުއްވިއެވެ.
ފުޅަނދުތައް ހެދުމުގެ މަސައްކަތްކުރާ މުވައްޒަފުންނާވެސް މިނިސްޓަރ ބައްދަލުކުރެއްވިއެވެ.
މިއަހަރުގެ ފުޅަނދުތަކުގެ ތެރޭގައި ޖަޒީރާވަންތަކަން ދައްކުވައިދޭ ފުޅަނދުތަކާއި ކުޑަކުދިން ޝައުޤުވެރިވާ ފުޅަނދުތަކާއި، ސަގާފަތާއި، ގައުމިއްޔަތު ދައްކުވައިދޭ ފުޅަނދުތަކާއި، އައިޓަމްތައް ހިމެނޭނެއެވެ.
މިއަހަރުގެ ފުޅަނދުބުރު ނެރުމަށް ހޯމް މިނިސްޓްރީ އިން ނިންމާފައި މިވަނީ ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހުގައެވެ.
އެގޮތުން މިމަހުގެ 27 ވާ ހޮނިހިރު ދުވަހު މާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު އޮންނާނެއެވެ. އޭގެ ތެރޭގައި މާޖީދީ މަގު، ސޯސަން މަގު، އަމީރު އަހުމަދު މަގު އަދި ބޮޑުތަކުރުފާނު މަގު ހިމެނެއެވެ.
މިޕެރޭޑާއި ރޫޓް މާޗްގައި އެމްއެންޑީއެފްގެ ޕެރޭޑާއި ސްކޫލްތަކުގެ، އެއްކޮށްލެވިފައިވާ ހެވިކަމާއި ލަޝްކަރު ބައިވެރިވާނެއެވެ.