ޚަބަރު

ސައުތް އޭޝިއަން އެވޯރްޑްސް (ސަޓާ 2019) ގެ ޕާޓްނަރުންނާ އެކު ސޮއި ކޮށްފި

އާނިފާ ހުސެއިން ސިރާޖް

ސައުތް އޭޝިއަން އެވޯރްޑްސް(ސާޓާ) 2019 ގެ ޕާޓްނަރުންނާ އެކު ސޮއި ކޮށްފިއެވެ.

ސަޓާގެ ފުރަތަމަ ގާލާ ސެރެމަނީ ބާއްވާފައިވަނީ 2016 ގައި މައުންޓް ލެވެނިއާ ހޮޓެލްގައެވެ. 2017 ވަނަ އަހަރު ރާއްޖޭގެ އިކުއޭޓަރ ވިލެޖްގައި، އޭގެ އިތުރުން 2018 ވަނަ އަހަރު ތާޖުމަހަލް ޕްލޭސް ހޮޓެލް މުމްބައީގައި މި ގާލާ ބައްވާފައި ވެއެވެ.

މި އަހަރުގެ ސާޓާ އިވެންޓް އަށް 500 އަށް ވުރެ ގިނަ ނޮމިނޭޓިވްސް މި އިންޑަސްޓްރީއިން ހޮވިފައިވެއެވެ.

ސާޓާ ގެ ވިނާރސް އިއުލާން ކުރުން އޮންނާނީ ސެޕްޓެމްބަރު މަހުގައި ބާއްވާ ހަތަރުވަނަ ސައުތު އޭޝިއަން އެވޯރްޑްސްގެ އަހަރީ ޖަލްސާގައެވެ.

ހަ ގައުމަކާއި 17 ޓުރެވަލް އެޖެންސީއެއްގެ ބައިވެރިވުމާއެކު ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި ސާޓާ ވަނީ ވަރަށް ބޮޑައް ފުޅާވެ ކުރިއަރައިގެން ގޮސްފައެވެ.

ޕާރޓްނާރސް އާ އެކު އެގްރީމެންޓްގައި ސޮއެކޮށްފައިވަނީ ސާޓާގެ ރައީސް އިސްމާއިލް ހަމީދް އާއި ނައިބު ރައީސް ސަމީރް ޔޫނުސް އެވެ.

މިއަހަރުގެ ސަޓާ ޕާޓްނާރސްގެ ތެރޭގައި ވެލާނާ އިންޓަނޭޓަނަލް އެއާރޕޯޓް، އަމަރި ގައްލެ، ދަ ހަވްކްްސް ޕުރައިވެޓް ލިމިޓެޑް، ދިވެހި އިންޝުރެންސް ކޮމްޕެނީ ޕުރައިވެޓް ލިމިޓެޑް، ދަ ލައިފް އައިކޭ، އެޑް ސޮލިއުޝަންސް ޑިޖިޓަލް ކޮމިޔުނިކޭޓަންސް ޕުރައިވެޓް ލިމިޓެޑް، ސޯލް އޭޝިއާ ޑޮޓް ކޮމް އަދި ރަމަޑާ ކޮލޮމްބޯ ހިމެނެއެވެ.

އޭގެ އިތިރުންވެސް ސްރީ ލަންކާގެ އެސޯސިއޭޝަން އޮފް އިންބައުންޑް ޓުއާރ އޮޕަރޭޓާރސް (ސްލައިޓޯ) އަދި ހޮޓެލް އެސޯސިއެޝަން އޮފް ސޮރޯ ލަންކާ(ތަސްލް) ވެސް މި އަހަރުގެ ސަޓާ ގައި ބައިވެރިވެފައި ވެއެވެ.

ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ހަރަކާތްތެރިވާ ދުނިޔޭގެ ގިނަ އަދަދެއްގެ ކުންފުނިތަކަކުން އެންޑޯޒް ކޮށްފައިވާ މި އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ އެވޯޑެކެވެ.

މިއީ މި އިވެންޓް ބާއްވާ ހަތަރުވަނަ އަހަރެވެ.