ޚަބަރު

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑޭނެ: ސްޓެލްކޯ

ފަތޯނާ ފާއިޒު

މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ކެނޑޭނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް މިއަދު ކަރަންޓްގެ ހިދުމަތް މެދުކެނޑޭނެ ކަމަށާއި، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ލިބޭނެ ދަތިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށެވެ.

ސްޓެލްކޯއިން ބުނީ މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑޭނީ، ހިދުމަތް ދެމުންދާ 8.9 މެގަވޮޓްގެ ޖަނަރޭޓަރަކަށް ދިމާވެފައިވާ ޓެކްނިކަލް މައްސަަލައެއްގެ ސަބަބުން ކަމަށެވެ.

ވެރިރަށް މާލޭގެ އިތުރުން، އަތޮޅުތެރޭގެ ރަށްތަކުގައިވެސް ކަރަންޓު ކެނޑުމުގެ މައްސަލަތައް އިތުރުވެފައިވާއިރު އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.