ޚަބަރު

ތޭރަ ފޯނާއި 5 ޓެބްލެޓް ހޯދައި، ކޮލަމާފުށީ ގެއަކުން އިއްޔެ ވައްކަންކުރި މީހާ ހައްޔަރުކޮށްފި

އާނިފާ ހުސެއިން ސިރާޖް

ތޭރަ ފޯނާއި 5 ޓެބްލެޓް ހޯދައި، ގއ.ކޮލަމާފުށީ ގެއަކުން އިއްޔެ ވައްކަންކުރި މީހާ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނި ގޮތުގައި ކޮލަމާފުށީ ގެއަކުން ވައްކަން ކޮށްފައިވާ ކަމަށް ބުނެ މައްސަލަ ހުށަހަޅާފައިވަނީ އިއްޔެގެ ހެނދުނު 11:00 ހާއިރެވެ.

ވަގައް ނަގާފައިވާ ބައެއް ތަކެތި ފުލުހުން ވަނީ އިއްޔެ، މައްސަލަ ހުށަހެޅުނުތާ ބައިގަޑިއިރު ތެރޭގައި ހޯދައިފައެވެ.

ފުލުހުން ބުނީ މި މައްސަލައާގުޅިގެން 34 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކުރި ކަމަށެވެ.

އަދި އެކަމުގައި ހިންގި ތަހުގީގުން، އެކި ދުވަސްމަތިން އެތަކެތި ވަގަށް ނަގައިގެން އެރަށުގައި ދިރިއުޅޭ ބަނގުލަދޭޝް މީހަކަށް ވިއްކާލާފައިވާ ކަމަށާއި، އެގޮތުން 13 ފޯނާއި 5 ޓެބްލެޓް ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެޏެވެ.

ނަމަވެސް މިތަކެތި ހޯދި ތަނެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ފުލުހުން ބުނީ މި މައްސަލް އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.