އިބްރާހިމް ޒަކީ
ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހުގައި، ތިންވަޒީރަކާ ކުރައްވަން ފޮނުއްވި ސުވާލު ނުކުރައްވައި އުޅުއްވަނިކޮށް ސުވާލުގެ މުއްދަތު ހަމަވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބުދުﷲ ޖާބިރު ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު އާއި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އާއި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަށް ކުރައްވަން ފޮނުއްވާފައިވާ ސުވާލާބެހޭ ނޯޓިސްގެ މުއްދަތު ހަމަވެފައިވާ ކަމަށެވެ.
އެފަދަ ގޮތަކަށް މުއްދަތު ހަމަވުމން މަޖިލީހުން އަމަލު ކުރާ އުސޫލަކީ، ސުވާލު ރައްދުވާ މިނިސްޓަރުންނާ މަޝްވަރާ ކުރެއްވުމަށްފަހު، މިނިސްޓަރުން ރާއްޖޭގައި އުޅުއްވާ ދުވަސްތައް ހޯއްދަވައިގެން މިނިސްޓަރުގެ މަސައްކަތްތަކަށް ބައްލަވައިގެން، އަދި ސުވާލު ހުށަހަޅުއްވާފައިވާ މެންބަރާވެސް މަޝްވަރާ ކުރައްވައިގެން މިނިސްޓަރުން މަޖިލީހަށް ގެންނެވުމެވެ.
އެހެންކަމުން ޖާބިރުގެ ސުވާލުތައް އަމާޒުވާ ވަޒީރުން މަޖިލީހަށް ގެންނަވައިގެން ވީހާވެސް އަވަހަށް އެކަން ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެ މިނިސްޓަރުން މަޖިލީހަށް ވަޑަައިގްނަނަވާނެ ކަމަށެވެ.