ޚަބަރު

ފިހާރަ އަކުން އަވިއަައިނު ވަގަށް ނެގި މީހަކު ހޯދަނީ

އަހުމަދު ޖައިޝަން

ވައްކަމުގެ މައްސަލައަކާ ގުޅިގެން ދިވެހި ޒުވާނެއް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން ދާ މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ މީހެއްގެ ސީސީޓީވީ ޓީވީ ފުޓެޖް އާންމުކޮށްފައެވެ.

އެ ފުޓެޖް އިން ފެންނަ ގޮތުގައި ޒުވާން ފިރިހެނަކު ފިހާރައެއްގެ ތެރެއިން އައިނުތަކެއް ޖީބަށް ލާ މަންޒަރު ފެނެއެވެ. އެ އައިނުތައް ޖީބަށް ލައިގެން ފިހާރައިން ނިކުންނަ ޒުވާން ފިރިހެން މީހާ ލައިގެން ހުރީ ހުދު ކުލައިގެ ގޮޅި ޖެހި ގަމީހެއް ކަން އެ ވީޑިއޯއިން އެނގެއެވެ.

އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް އެންގުމަށް ފުލުހުން ވަނީ އެދިފައެވެ.