މިނިވަންދުވަހުގެ ހަރަކާތްތަކަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ފަރިތަކުރުމުގެ ސަބަބުން ގަލޮޅު ސްޓޭޑިއަމް ސަރަހައްދުގެ ބައެއް މަގުތައް ބަންދުކުރުމަށް ހަމަޖައްސައިފިއެވެ.
މަގުތައް ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ 19:00 އިން ފެށިގެންކަމަށް ފުލުހުން ކުރެއްވި ޓުވީޓެއްގައި ބުނެފައިވެއެވެ.
ހިނގާލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައި ސިފައިންގެ މައި މަރުކަޒު އަމީރު އަހްމަދު މަގުން ހުޅަނގަށް ގޮސް، ޗާންދަނީ މަގުން ދެކުނަށް މެދު ޒިޔާރަތް މަގުން އިރަށް ގޮސް، ޝަހީދު އަބްދުﷲ ޒުހައިރު ހިނގުމުން އުތުރަށް، ބޮޑުތަކުރުފާނު މަގުން އިރަށް، މަޖީދީ މަގުން ހުޅަނގަށް ގޮސް، ކަނބާއައިސާރަނި ހިނގުމުން ދެކުނަށް އައިސް އަމީނީ މަގުން އިރަށްގޮސް، ޢިއްޒުއްދީން މަގުން ދެކުނަށް ގޮސް ކަޅުތުއްކަލާ ކޮށްޓަށް ނިންމާ ގޮތަށެވެ.
ދިވެހިރާއްޖޭގެ 54 ވަނަ ފަހުރުވެރި މިނިވަން ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބާއްވާ ޝަރަފުގެ ހިނގާލުން ބާއްވާން ހަމަޖެހިފައިވަނީ މިމަހު 27 ގައެވެ.