ޅ. ކުރެންދޫއިން ފުރައިގެން މާލެ ދަތުރުކުރި ދޯންޏެއް، ދިޔަވާތީ ކޯސްޓް ގާޑުގެ އެހީތެރިކަމާއެކު މާލެ ގެނެސްފިއެވެ.
އެމްއެންޑީއެފް އިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ 16 މީހުންނާއެކު ކުރެންދޫއިން ފުރައިގެން މާލެ ދަތުރުކުރި 99 ފޫޓުގެ "ފޭރުމާ" ނަމަކަށް ކިޔާ ދޯންޏަށް ދިޔަވާތީ އެ ދޯނިން ދަތުރުކުރި 9 މީހުން ވަނީ ރޭ 03:45 ހާއިރު އެމްއެންޑީއެފް މާލެ އޭރިޔާ ކޯސްޓްގާޑު ސްކޮއާޑް ރޮންގެ ލޯންޗުން މާލެ ގެނެސްފައި ކަމަށެވެ.