ޚަބަރު

ވޮބްގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު އަނީސާ އަހުމަދަށް

ވިމެން އޮން ބޯޑު (ވޮބް) ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު، ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާ އަނީސާ އަހުމަދަށް ލިބިވަޑައިގެންފިއެވެ.

އަނީސާއަށް މި އެވޯޑް ލިބިވަޑައިގަތީ މިއަދު ކުރުންބާ މޯލްޑިވްސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެވޯޑަކީ ތަފާތު އެކި ދާއިރާތަކުގައި ހަރަކާތްތެރިވާ އަންހެނުންގެ އަގު ވަޒަންކުރުމުގެ ގޮތުން ވިމެން އޮން ބޯޑުގެ ފަރާތުން ދެމުން އަންނަ އެވޯޑެކެވެ. މި އެވޯޑް ދޭންފެށިތާ މިވީ ހަތަރު އަހަރެވެ.

މިރަސްމިއްޔާތުގައި ތަފާތު އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ 23 ފަރާތަކަށް އެވޯޑް ދީފައިވެއެވެ. އަންހެނުންނަށް ފުރުސަތުދީގެން އެކުލަވާލާފައިވާ ބޯޑަކަށް ހޮވާފައިވަނީ ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހެވެ.