ދިވެހިރައްޔިތުންގެ ޕާޓީ

ޑީއާރުޕީގެ ލީޑަރަކަށް ޖާބިރު، ނައިބު ލީޑަރުންނަށް ކާނަލް ނަޝީދާއި ފިޝާވިން

2

ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)ގެ ލީޑަރަކަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހަމަޖައްސައިފިއެވެ.

ޑީއާރުޕީގެ ލީޑަރުކަމަށް ޖާބިރު ހަމަޖައްސާފައިވަނީ މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައެވެ. ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ ޕާޓީގެ ލީޑަރު ކަމަށް ޖާބިރު ވަނީ އިންތިހާބުކޮށްފައެވެ.

ޑީއާރުޕީގެ ލީޑަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ނަޝީދު (ކާނަލް) ވަނީ ނައިބު ލީޑަރަކަށް ހަމަޖައްސައިފައެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މެމްބަރު މުހައްމަދު ފިޝާވަން ވެސް ވަނީ ނައިބު ލީޑަރަކަށް ހަމަޖައްސައިފައެވެ.

މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ޖާބިރާއެކު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު ރިފާއު (ބޮޗޭ) ވެސް ވަނީ ޑީއާރުޕީއަށް ސޮއިކުރައްވައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟