ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ޓްރެއިނިން (ޓިިވެޓް) ކޯސް ނަގައިދޭ ޕްރައިވެޓް ސެންޓަރަކުން 44 ފަރާތެއް ދަސްވެނިވެއްޖެ އެވެ.
ކޯސްޓްލައިން ފައުންޑޭޝަން އިން ހިންގާ ޓެކްނިކަލް އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ސެންޓަރު (ޓިވެކް) އިިން ދަސްވެނިވި ދަރިވަރުންނަކީ އެ ސެންޓަރުގެ ފުރަތަމަ ބެޗުގެ ދަރިވަރުންނެވެ.
ޓިވެޓް ކޯހުގެ ބައިވެރިންނަށް ވަނީ ޑީސަލް އަދި ޕެޓްރޯލް އިންޖީން މަރާމާތުކޮށް ބެލެހެއްޓުމާއި އިލެކްޓްރީޝަން އަދި އެއާ ކޮންޑިޝަން އާއި ރެފްރިޖަރޭޓަރު މަރާމާތު ކުރުމުގެ ތަމްރީން ފޯރުކޮށްދީފައެވެ. އަދި އެ ކޯހުން ދަސްވެނިވި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ލެވެލް ތިނެއްގެ ފާހެއް ލިބިފައެވެ.
ޖުމްލަ 50 ދަރިވަރުންގެ ފުރަތަމަ ބެޗުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ދަރިވަރުން ބައިވެރިވެފައެވެ.
ޒުވާނުންނަށް އަމަލީ މައިދާނުން ތަމްރީން ފޯރުކޮށްދިނުމަށް ސަރުކާރުން ފެށި ޓިވެޓް ޕްރޮގްރާމްގައި އަމިއްލަ ކުންފުންޏަކުން ބައިވެރިވުމަކީ ބޮޑު ކުރިއެރުމެއް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ މީގެކުރީން ބުނެފައެވެ.
ބ. އަތޮޅު ކިހާދޫގައި ހުޅުވާފައިވާ ޓިވެކް އިން މިހާރު މަސައްކަތް ކުރަމުން ދަނީ ލެވެލް ހަތަރެއްގެ ސެޓްފިކެޓްތަކަށް ކިޔަވައިދިނުން ފެށުމަށް ކަމަށް އެ ސެންޓަރުން ބުނެއެވެ.
ޓިވެޓް ކޯހުގެ ދެވަނަ ބެޗަށް ކުރިމަތި ލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު ދެވަނަ ބެޗުގެ ކިޔެވުން ޖެނުއަރީ 20ގައި ފަށާނައެވެ.