ޚަބަރު

ވެސްޓަން ޔޫނިއަން ކައިރިން ފައިސާތަކެއް ފޭރިގެންފި

މަރިޔަމް ޝަހުދާ

ވެސްޓަން ޔޫނިއަން ކައިރިން މިރޭ ބަޔަކު ފައިސާތަކެއް ފޭރިގެންފި އެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި މިރޭ 9:14 ހާއިރު ވެސްޓަން ޔޫނިއަން ކައިރިން ފޭރުނު މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް މިކަމާ ގުޅިގެން އިތުރު މައުލޫމާތެއް ފުލުހުން އާންމުނުކުރެއެވެ.

ފުލުހުން މިމައްސަލަ މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.