އެމްއެންޑީއެފް ކޯސްޓްގާޑާއި، ޖަޕާނު މެރިޓައިމް ސެލްފު ޑިފެންސް ފޯސް ގުޅިގެން ކަނޑުމަތީގެ ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ހުޅުމާލޭ އިރުމަތީ ފަރާތުން ކަނޑުގެ ސަރަހައްދުގައި ހިންގި މި ތަމްރީނުގައި ޖަޕާނުގެ ނޭވީގެ ފްލައިޓަކާއި، އެމްއެންޑީއެފްގެ ސީޖީއެސް ހުރަވީ ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އަދި މިއަދު ހެނދުނު 11:00އިން 13:00އަށް ކުރިއަށް ގެންދިޔަ މި ތަމްރީނުގައި ގިނަ އަދަދެއްގެ ކޯސްޓްގާޑް ސިފައިން ބައިވެރިވާ ކަމަށާއި، ތަމްރީންގެ ޕްރެކްޓިކަލް ބައި މިހާރު ނިމިފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ޖަޕާނުގެ މެރިޓައިމް ސެލްފު ޑިފެންސާއި ގުޅިގެން ގައުމީ ދިފާއީ ބާރުން ކުރިއަަށް ގެންދިޔަ ކަނޑުމަތީގެ ތަމްރީނަކީ، ކަނޑުމަތީގައި ދިމާވާ އެކި ހާދިސާތަކުގައި އަމަލު ކުރާނެ ގޮތާއި، ކަނޑުވެފައިވާ ފަރާތްތަކަށް އެހީތެރިވާނެ ގޮތްތަކެއް އުނގެނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ ފަރިތަކުރުމެއް ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާތު ދީފައެވެ.
މީގެ ކުރިންވެސް ތަމްރީން ހޯދުމަށްޓަކައި މިފަދަ އެތަށް ޕުރޮގުރާމްތަކެއް އެމްއެންޑީއެފް އިން ވަނީ ކާމިޔާބުކަމާއެކު ކުރިޔަށް ގެންގޮސަފައެވެ.