ޚަބަރު

އެން ހިފަން މޫދަށް ފޭބި މީހެއްގެ ފަޔަށް ތޮޅިއެއް ހެރި ޒަހަމްވެއްޖެ

އާނިފާ ހުސެއިން ސިރާޖް

ކ.ވައްބިންފަރު ކައިރި ފަރަކަށް އެން ހިފަން މޫދަށް ފޭބި 52 އަހަރުގެ ދިވެހި ފިރިހެނެއްގެ ފަޔަށް ތޮޅިއެއް ހެރި ޒަހަމްވެއްޖެއެވެ.

ފުލުހުން ކުރި ޓުވީޓުގައިވާ ގޮތުގައި ރޭ ފަތިހު 4:30 ހާއިރު އެ މީހާ ވަނީ މެރިން ޕޮލިސްގެ އެހީތެރިކަމާއެކު މާލެ ގެނެސް ހޮސްޕިޓަލް އަށް ގެންގޮސްފައެވެ.

ބަލި މީހާގެ ހާލަތު އަންނަނީ ރަނގަޅު ވަމުން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.