ޚަބަރު

ކުޑަ އިންޓްރެސްޓުގައި ގެދޮރު އިމާރާތް ކުރަން އަންނަ މަހު ލޯނު ދޫކުރަން ފަށަނީ

އިބްރާހިމް ޒަކީ

1

ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގައި ގެދޮރު އިމާރާތް ކުރަން އަންނަ މަހު ލޯނު ދޫކުރަންފައްޓަވާނެ ކަމަށް ހައުސިންގ މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލިސް މެންބަރުން ކުރެއްވި ސުވާލު ތަކުގެ ތެރެއިން، ގެދޮރު އިމާރާތް ކުރުމުގެ ލޯނާބެހޭގޮތުން މެންބަރަކު ދެއްނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާތިފާ ވިދާޅުވީ، ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި ފަސްޕަސެންޓާއި ހަ ޕަސެނެޓްގެ އިންޓްރެސްޓު ލޯނުގައި ގެދޮރު އިމާރާތް ރުުމުގެ މަޝްރޫއުތައް ފެށުމަކީ މި ސަރުކާރުގެ ވައުދުތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. އަދި އެ މަސައްކަތް މިހާރު އޮތީ އެންމެ ފަހު ޑްރާފްޓްގެ މަރުހަލާގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"މި ސަރުކާރުގެ އެއް ވައުދުގެ ތެރޭގައި އޮންނާނެ ބޯހިޔާވަހިކަމުގެ މަސައްކަތް އިތުރަށް ފުޅާ ކުރުމަށްޓަކައި، ފަސްޕަސެންޓާއި ހަ ޕަސެނެޓްގެ އިންޓްރެސްޓު ލޯނުގައި ގެދޮރު އިމާރާތް ކުރުުމުގެ މަޝްރޫއުތައް ފެށުމާބެހޭގޮތުން. އަޅުގަނޑުމެން ވޭތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އެމްއެމްއޭ އާއި ދައުލަތުގެ ފައިނޭންޝަން އިނިސްޓިޓިއުޓްތަކާއެކު މަސައްކަތްކޮށް، މީގެ އެންމެފަހުގެ ޑްރާފްޓްގެ މަރުހަލާގައި ކުރިއަށް މިދަނީ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑު އުއްމީދު ކުރަނީ އަންނަ އޯގަސްޓްމަސް ނިމޭހިސާބުގައި ހަމަ ވަރަށް އުފާވެރި ހަބަރެއްގެ ގޮތުގައި ފަސް ޕަސެންޓާއި ހަ ޕަސެންޓްގެ އިންޓްރެސްޓުގައި ރާއްޖޭގެ އެތަން މިތަނުގައި ގެދޮރު އިމާރާތް ކުރުމަށްޓަކައި ލުއިލޯނު ލިބުމުގެ މަސައްކަތް އާއްމުވެގެންދާނެކަމަށް،" " މިނިސްޓަރު ވިދާޅުވިއެވެ.

އަދި މީގެ ސިޔާސަތިތައް ކަމާބެހޭ އިދާރާތަކާއެކީގައި އިއުލާން ކުރެވިގެންދާނެކަމަށް

ލޯނު ދޫ ކުރުމުގައި ރީޖަނަލް ވައިޒްކޮށް ބެލެންސް ގެންގުޅުމުގެ ވިސްނުން ހުރީ ކޮން ގޮތަކަށްތޯ، މެންބަރަކު ސުވާލު ދެންނެވުމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ލޯނުތައް ފުޅާ ކުރުމާބެހޭގޮތުން އަދި ވަކި ގޮތަކަށް ވިސްނާފައި ނެތްކަމަށެވެ.

އެ ސްކީމުގެ ސިޔާސަތުތަކާއެކު ހުރިހާ ކަމެއް އާއްމުވެގެންދާނެ، ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ލޯނަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިގެން ދާނެކަމަށާއި، އަމާޒުކުރައްވަނީވެސް އެގޮތަށް ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟