މާރާމާރީ

ފުވައްމުލަކުގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި

ފުވައްމުލަކު ސިޓީގައި ޒުވާނަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފިއެވެ.

އެ ޒުވާނާއަށް ފަރުވާ ދިނުމަށް މިރޭ 9:00ހާއިރު ގެންގޮސްފައިވަނީ ފުވައްމުލަކު ހޮސްޕިޓަލަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހަމަލާދީފައިވަނީ ފުވައްމުލަކަށް އުފަން އުމުރުން 17 އަހަރުގެ އަހްމަދު އިނާންއަށެވެ. އިނާންއަށް ހަމަލާދީފައިވަނީ ގްރޫޕަކުން އޭނާ ދިރިއުޅޭ ގެއަށް ވަނުމަށްފަހު ކަމަށް މައުލޫމާތު ލިބެއެވެ.

ފުލުހުން ބުނީ މިރޭ 8:50 ހާއިރު ފުވައްމުލަކު ގެއެއްގެ ތެރޭގައި ހުރި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި ޒަހަމްވި މީހާއަށް ފުވައްމުލަކު ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 15 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.