ކުރީގެ ރައީސް ޔާމީން އަބުދުލް ގައްޔޫމުުގެ މައްޗަށް ދައުލަތުންކުރާ މަނީލޯންޑަރިންގެ ދައުވާގައި، ރައީސް ޔާމީނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ދެ ހެކިންގެ ކަމުގައިވާ، މ. ސެސިލާ މުހައްމަމަދު އައްލާމް ލަތީފް އާއި މ.ލޭންޑްސް އޮފް ގާޑަން އަހުމަދު އިޝްފާއު އަލީ، ހެކިންގެ ގޮތުގައި ބަލައި ނުގަތުމަށް މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ނިންމަވައިފިއެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން އިތުރު ދެ ހެކިންގެ ގޮތުގައި އެސްއޯއެފްގެ މުހައްމަދު އައްލާމް ލަތީފާއި އަހްމަދު އިސްފާހު ހުށަހެޅި ނަމަވެސް އެ ދެ ހެކީންނަކީ ދައުވާ ކުރި ފަހުން ހުށަހެޅި ދެ ހެކިން ކަމަށާއި މި މައްސަލާގައި ދައުވާކޮށްފައިވާ އެކަށީގެންވާ މިންވަރަށް ތަހުގީގުކުރެވިގެން ކަމަށް ދައުލަތުން ގަބާލުކުރާކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެ ގާޒީ ނިންމެވީ ދައުލަތުގެ ފަރާތުން ހުށަހެޅި އެ ދެ ހެކީން ބަލައިނުގަތުމަށެވެ.
ދައުލަތުން ހެކިންގެ ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި މިހާރުގެ ރައީސް މުއައްވިޒާއި މުހައްމަދު ވަސީމް އިސްމާއިލާއި ކުރީގެ ނައިބު ރައީސް އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މުހައްމަދު ލުވައިޒާއި މުހައްމަދު ޝަރީފާއި އަބްދުﷲ ޒިޔާތު ވަނީ ހުށަހަޅައިފައެވެ. އަދި ކިތާބީގެ ހެކީގެ ގޮތުގައި އެސްކްރޯ އެއްބަސްވުމުގެ އިތުރުން ޔާމީން ފުލުހުންނާއި އޭސީސީއަށް ދީފައިވާ ބަޔާން ހުށަހަޅައިފައެވެ. އޭގެ އިތުރުން ޔާމީންގެ އަހަރީ ބަޔާނާއި އެކައުންޓު ސްޓޭޓްމަންޓުތައް ވަނީ ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅައިފައެވެ.
ދައުލަތުން ހެކިންގެ ގޮތުގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އާއި ނައިބު ރައީސް މުއައްވިޒް ރަޝީދާއި މުހައްމަދު ވަސީމް އިސްމާއިލާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރާއި މުހައްމަދު ލުވައިޒާއި މުހައްމަދު ޝަރީފް އަދި އަބްދުﷲ ޒިޔާތު ވަނީ ހުށަހަޅައިފައެވެ.
ކިތާބީގެ ހެކީގެ ގޮތުގައި ދައުލަތުން ވަނީ އެސްކްރޯ އެއްބަސްވުމުގެ އިތުރުން ފުލުހުންނާއި އޭސީސީއަށް ޔާމީން ދީފައިވާ ބަޔާން ހުށަހަޅައިފައެވެ. އަދި ޔާމީންގެ އަހަރީ ބަޔާނާއި އެކައުންޓު ސްޓޭޓްމަންޓުތައް ވެސް ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅައިފައެވެ.