ޚަބަރު

ވިލުފުށީގެ 100 ގެއާ ބެހޭގޮތުން މަޖިލީހުގައި ހައުސިން މިިނިސްޓަރާ މާދަމާ ސުވާލު ކުރަނީ

އިބްރާހިމް ޒަކީ

ތ.އަތޮޅު ވިލުފުށީގައި ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 100 ގެއާ ބެހޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި ހައުސިން މިނިސްޓަރު އައިމިނަތު އާތިފާއާ ސުވާލު ކުރަން އެޖެންޑާ ކޮށްފިއެވެ.

މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ މިއަދު ވިދާޅުވީ އެކަމާބެހޭގޮތުން މާދަމާގެ ޖަލްސާގައި މިނިސްޓަރާ ސުވާލު ކުރެއްވުމަށް ހަމަޖެހިފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ކަމަށެވެ.

ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ޖަލްސާތަކުގައި އިތުުރު މިނިސްޓަރުންނާ ސުވާލު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އާ ސުވާކު ކުރެއްވުމަށް މެންބަރުން ހުށަހަޅުއްވާފައިވާ ކަމަށް ނިއުޝާ ވިދާޅުވިއެވެ.

ނިއުޝާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާގޮތުގެ މަތިން އެކަމުގެ ނޯޓިސް މިނިސްޓަރުންނަށް ދެއްވުމަށްފަހު މަޖިލީހުގެ ކުރިއަށް އޮތް ޖަލްސާތަކަށް އެކަންކަން އެޖްނޑާ ކުރެވިގެންދާނެ ކަމަށެވެ.