ޚަބަރު

މިނިސްޓަރ ޝާހިދު ބެލްޖިއަމްގެ ގައުމީ ދުވަހުގެ ތަހުނިޔާ އެގައުމުގެ ފޮރިން މިނިސްޓަރަށް ފޮނުއްވައިފި

މަރިޔަމް ޝަހުދާ

ބެލްޖިއަމްގެ ގައުމީ ދުވަހުގެ ތަހުނިޔާ އެގައުމުގެ ފޮރިން މިނިސްޓަރ ޑިޑިއާ ރެއިންޑާސްއަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ފޮނުއްވަވައިފި އެވެ.

ބެލްޖިއަމްގެ ގައުމީދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އެގައުމުގެ ފޮރިން މިނިސްޓަރަށް ފޮނުއްވި މެސެޖުގައި މިނިސްޓަރ ޝާހިދުގެ އަމިއްލަ ނަންފުޅުގައި އަދި ރާއްޖޭގެ ރައްޔިތުންނާ ސަރުކާރުގެ ނަންފުޅުގައި ބެލްޖިއަމްގެ ސަރުކާރާއި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކޮށްފައި ވެއެވެ.

މި މެސެޖުގައި ބެލްޖިއަމްގެ ފޮރިން މިނިސްޓަރަށް ދުޅަހެޔޮ ސިއްހަތަކަށް އެދޭ ކަމަށާއި ބެލްޖިއަމްގެ ރައްޔިތުންގެ ކުރިއެރުމަށް އެދޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.